MeedhooLive updates 09.09.08

Add comment September 10, 2008

www.meedhoolive.com

August 23, 2008

މީދޫއަށް ޑްރަގް އެތެރެކުރަނީ ކޮންބައެއް ހެއްޔެވެ؟

ސުރުޚީގައި އެވަނީ ސުވާލެކެވެ. މި ސުވާލަކީ ރަށުގެ ވަރަށް ގިނަބަޔަކު އެކަކު އަނެކަކާ ކުރަމުން އަންނަ ސުވާލެކެވެ. ބައެއް މީހުންނަށް ސުވާލުގެ ޖަވާބު އެގިނުލައްވާނެއެވެ. އަނެއްބައި މީހުންނަށް މި ސުވާލުގެ ޖަވާބު އެގުނަސް ހާމައެއް ނުކުރާނެއެވެ. އެކި ސަބަބުތަކާހެދި ސިއްރުކުރަން މަޖްބޫރުވެގެންނެވެ. ހަމަ ޔަގީނުންވެސް ޖަވާބު އަޅުގަޑަކަށް ނޭގެއެވެ. އެގޭނަމަ ސުވާލުކުރުމުގެ ބަދަލުގައި ސުރުޚީގައި ޖަވާބު ލިޔާނަމެވެ. އެއަށްފަހު ޖަވާބު ހޯދިގޮތްވެސް ހާމަކުރާނަމެވެ. ހިތާމައަކީ އަޅުގަޑަށް ޖަވާބު ނޭގުނުއިރު އެގޭމީހުން އެކަން ސިއްރުކުރާތީއެވެ.<އިތުރަށް ވިދާޅުވެ ޚިޔާލު ފާޅުކުރެއްވުމަށް>

August 19, 2008

ކުޅިވަރު މުބާރާތްތައް ބޭއްވެމުންދާއިރު

ރިޕޯޓް ހުށަހެޅުއްވީ: އަލްބާރޓް

މިދުވަސްވަރަކީ ރަށުގައި ވަރަށް ގިނަ ކުޅިވަރު މުބަރާތްތައް ބޭއްވެމުންދާ ދުވަސްވަރެކެވެ. ދެޖިންސްގެ ޒުވާނުންގެ މެދުގައިވެސް ކުޅިވަރުގެ ފޯރި އާދަޔާޚިލާފަށް ގަދަވެފައިވާ ދުވަސްވަރެކެވެ. މުބާރާތަކަށްފަހު މުބާރާތެއް އަންނަނީ ބޭއްވެމުންނެވެ. އަވަށްޓެރި ހުޅުދޫގައި ވެސް ކުޅިވަރު މުބަރާތްތައް ދަނީ ބޭއްވެމުންނެވެ. އަދި ކުރިއަށް މުބާރާތްތައް ރޭވިފައި ނުވަތަ ރާވަމުންދާ ވާހަކައިގެ އަޑުވެސް ދެރަށުގައި ނުހަނު ބާރެވެ.<އިތުރަށް ވިދާޅުވެ ޚިޔާލު ހުށަހެޅުއްވުމަށް>

August 17, 2008

އެޗް.އެމް.ޖޭ ފެސްޓިވަލް: ވޮލީ މުބާރާތުގެ ފުރަތަމަ މެޗް އެފް.އެމް.ޑީ ކާމިޔާބު ކޮށްފި

ހުޅުދޫ މަސްވެރިންގެ ޖަމްއިއްޔާއިން މިހާރު ކުރިއަށް ގެންދާ ފެސްޓިވަލްގައި ހިމެނޭ ވޮލީ މުބާރާތުގެ ފުރަތަމަ މެޗް ޕޮލިސް ޓީމާއި ބައްދަލުކޮށް ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓް (އެފް.އެމް.ޑީ) ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ރަސްމީ ދަނޑުގައި އިއްޔެ ހަވީރު 16:00ގައި ކުޅެވުނު މިމެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ ޕޮލިސް ޓީމެވެ. ނަމަވެސް ދެވަނަ ސެޓް އެފް.އެމްޑީން ކާމިޔާބުކުރުމުން މެޗްގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ. <އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>

JOIN http://www.meedhoolive.com

Add comment August 17, 2008

ޝަރީފީ ޕްރީ ސްކޫލްގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ނިމިއްޖެ

ޝަރީފީ ޕްރީ ސްކޫލްގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތައް ރޭ ބޭއްވި ޚާއްސަ ސްޓޭޖް ޝޯއިން ނިމިއްޖެއެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ އެއްމެ ފަހު އައިޓަމެއްގެ ގޮތުން ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ބޭއްވި ސްޓޭޖް ޝޯގައި ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ ވަރަށް ފުރިހަމަ އައިޓަމްތަކެއް ހުށަހަޅާފައެވެ.<އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>

August 17, 2008

އަނެއްކާވެސް ޑްރަގުގެ ނުސާފުވައިން ޖައްވު ކިލަނބުވަނީއެވެ

ރަށުގައި ތިބި ޑްރަގު ބޭނުންކުރާ މީހުން ޑްރަގާއި ދުރުހެލިވެ، މުޖުތަމައު މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރަން އުޅުމަށްފަހު އަނެއްކާވެސް އޭގެ ތެރެއިން ބަޔަކު މިވަނީ ޑްރަގުގެ ނުސާފު ވައިން ޖައްވު ކިލަނބުކުރަން ފަށާފައެވެ. މިކަން މިވަނީ ރަށުގެ ކުދިބޮޑު އެއްމެންނަށް އެނގޭ ބޮޑުސިއްރެއްގެ ގޮތުގައެވެ. ނަމަވެސް މިކަމާއި ވާހަކަ ދައްކައި މިކަންކުރާ މީހުން ހަމަ މަގައް އަޅުވާނެ މީހަކު ނެތެވެ. މިކަން ކުރާމީހުން އެއްމެންނަށް އެގޭއިރުވެސް އެކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްތިބުމަކީ ޒިންމާދާރު ގޮތެއްނޫނެވެ. <އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>

Add comment August 14, 2008

ސިޔާސީ ފެންޑާ: ޑީއާރްޕީން ކުރާ ކެންޕޭންތަކުގައި ފައިސާ ބެހުން

ސުރުޚީގައި ސިޔާސީ ފެންޑާ އޮތުމުން މި ލިޔުމަކީ ޓީވީން މިހާރު ފޮނުވަމުންގެންދާ ސިޔާސީ ފެންޑާގެ ވާހަކަ ކަމަށް ހީވެދާނެއެވެ. ނަމަވެސް އަޅުގަޑު މިދަންނަވަން އުޅޭ ސިޔާސީ ފެންޑާއަކީ ޓީވީން ފޮނުވާ ސިޔާސީ ފެންޑާއަށްވުރެ މާ ފުޅާކޮށް ކުރިއަށް ގެންދާ ސިޔާސީ ފެންޑާއެއްގެ ވާހަކައެވެ. އާދެ! މަލްޓި ޕާޓީ ސިޔާސީ ފެންޑާއެއްގެ ވާހަކައެވެ. އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް

Add comment August 13, 2008

ސަންޓަލްކަޕް ވަގުތުން

ސަންޓަލްކްޕް2008 ގައި މާދަމާ ހަވީރު ކުޅެވޭ މެޗްގެ ލައިވް އަޕްޑޭޓް މީދޫލައިވް.ކޮމްއިން ގެނެސްދެވޭނެ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމެޗްގައި ބައްދަލުކުރާނީ މުއްސަދުމަންސޫރުގެ ކެޕްޓަންކަމުގައި ކުޅޭ މައިސްޓަރ އާއި އަބްދުﷲސައީދުގެ ކެޕްޓަންކަމުގައިކުޅެވޭ އައިޓެކްގެ ޓީމެވެ. މިމެޗްގެ ލައިވްއަޕްޑޭޓް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.00ގައެވެ.

Add comment August 12, 2008

އައްޑޫ ފްޓްސަލް ޗެލެންޖް 2008

މިމުބާރާތުގައި އިއްޔެ ކުޅެވުނުފުރަތަމަ މެޗްގައި ބައްދަލުކުރީ ހަނދުފުށީ ޓީމާއި މަރަދޫ ބީ ޓީމެވެ. މިމެޗް 3 ލަޑު 2 ލަޑުން ކާމިޔާބުކުރީ މަރަދޫ ބީޓީމެވެ. މިމެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މަރަދޫ ޓީމްގެ ހުސެން އަބީދެވެ. <އިތުރަށް ވިދާޅުވެ ކޮމެންޓް ކުރެއްވުމަށް>

August 12, 2008

Previous Posts


Meedhoo Live

Reliable $1 Web Hosting by 3iX Sign up for DriveHQ.com.

RSS Meedhoo Live

އެއްމެފަހުގެ ލިޔުންތައް

އެއްމެ މަގުބޫލު

މެހުމާނުންގެ ޚިޔާލުތައް

ލިޔުންތަކުގެ އަރުޝީފު

Calendar

January 2009
M T W T F S S
« Sep    
 1234
567891011
12131415161718
19202122232425
262728293031  
Sign up for DriveHQ.com.